ވިޔަފާރި

ދަރަނީގެ ދަތިކަމުން އަރައިގަތުމަށް ހޯދުނު ކާމިޔާބީއެއް: މޫޑީސްއިން ރާއްޖޭގެ ރޭޓިންގް މަތިކޮށްފި

ދަރަނީގެ ދަތިކަމުން އަރައިގަތުމަށް ހޯދުނު ކާމިޔާބީއެއް: މޫޑީސްއިން ރާއްޖޭގެ ރޭޓިންގް މަތިކޮށްފި

ޤައުމެއްގެ މާލީ އިތުބާރާއި ޤަދަރު ސީދާ ގުޅިފައިވަނީ، އެ ޤައުމަކުން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކަށް ދޭ އިސްކަމާއި ސީރިއަސްކަމުގެ މައްޗަށެވެ. 2026 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ދަނޑިވަޅެކެވެ. ބޭރުގެ ބޮޑެތި ދަރަނިތައް ދައްކަންޖެހުމާއި، ރަސްމީ ރިޒާވަށް އައި ލޮޅުންތަކުގެ އިތުރުން، ބައިނަލްއަޤްވާމީ މަސްރަޙުގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ތެލާއި ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ.

މި ހައްސާސް ހާލަތުގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ފޮނިމީރުކަން މިހާރު މިވަނީ ފެންނަން ފަށާފައެވެ. ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ،” މޫޑީސް “އިން ވަނީ ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގ” ސީއޭއޭ2 “އިން” ސީއޭއޭ1 “އަށް މަތިކޮށް، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މާލީ ހާލަތު ހަމައަކަށް އެޅިފައި އޮންނާނެކަމުގެ ޔަޤީންކަން ދީފައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ހާމަކުރެއްވި ގޮތުގައި، މޫޑީސްގެ މި ނިންމުމަކީ ރާއްޖެއިން ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ނުރައްކާ ކުޑަވެ، ސަރުކާރުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ޤައުމުގެ މާލީ ބިންގާ ވަރުގަދަވަމުންދާކަން ސާބިތުކޮށްދޭ އަލިގަދަ ހެއްކެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top