ސިޔާސީ

ޔޫއޭއީން ދިވެހިންތަކެއް ބްލެކްލިސްޓުކުރި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނެތް: މުންދު

ޔޫއޭއީން ދިވެހިންތަކެއް ބްލެކްލިސްޓުކުރި ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނެތް: މުންދު

އީގަލް ހިލްސް މަޝްރޫޢާ ގުޅިގެން ފާޑުކިޔުމުގެ ސަބަބުން، ދިވެހިންތަކެއް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އެތެރެނުވެވޭ ގޮތަށް ބްލެކްލިސްޓްކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އެއްވެސް މަޢުލޫމާތެއް ސަރުކާރަށް ލިބިފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

އީގަލް ހިލްސް މަޝްރޫޢާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކޮށް ފާޑުކިޔުމާ ގުޅިގެން، 15 ދިވެއްސަކު ޔޫއޭއީއަށް އެތެރެވުން މަނާކޮށް ބްލެކްލިސްޓްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.

މި މައްސަލައާ ގުޅިގެން ޔޫއޭއީގައި ރާއްޖޭގެ ސަފީރުކަން ވެސް ކުރައްވާފައިވާ މުންދު ވިދާޅުވީ، އެފަދަ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކަށް ލިބިފައި ނުވާ ކަމަށެވެ.

އަދި ޔޫއޭއީއަށް އެތެރެނުވެވިގެން އެއްވެސް ރައްޔިތަކު މިހާތަނަށް ސަރުކާރުގައި އެފަދަ ޝަކުވާއެއް ކޮށްފައި ނުވާ ކަމަށާއި، ޔޫއޭއީގެ ސަރުކާރުގެ ފަރާތުން ވެސް މިފަދަ އެއްވެސް ކަމެއް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އަމިއްލަ ކުންފުންޏެއްގެ މުޢާމަލާތަކާ ގުޅިގެން، ވަކިވަކި ރައްޔިތުންނާ ދެކޮޅަށް ޔޫއޭއީ ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅާފާނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށް ވެސް މުންދު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، އެކި ޤައުމުތަކުގެ އެތެރޭގެ ޤަވާޢިދުތަކާއި ސިޔާސަތުތަކުގެ ދަށުން އެކި ސަބަބުތަކާ ހުރެ މީހުން ބްލެކްލިސްޓުކުރުމުގެ އިޚްތިޔާރު އެ ޤައުމުތަކަށް އޮންނާނެ ކަމަށާއި، އެފަދަ މަޢުލޫމާތުތައް ބަލަހައްޓާނީ އެ ޤައުމެއްގެ ކަމާބެހޭ އިދާރާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top