ސިޔާސީ

” އަހާ “ފޯރަމްގެ 10 ވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ

” އަހާ “ފޯރަމްގެ 10 ވަނަ ބައްދަލުވުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެން، ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތަފުސީލު ރައްޔިތުންނާ ހިއްސާކުރުމުގެ މަގުސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ފޯރަމެކެވެ.

މި ފޯރަމަކީ ސަރުކާރުގެ ސިޔާސަތުތަކާއި ހިނގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުން، ވުޒާރާތަކުގެ އެންމެ އިސް ވެރިންނާ ސީދާ ސުވާލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ހާއްސަ ޕްލެޓްފޯމެކެވެ.

މިރޭގެ ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ:

  • ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު
  • މާލީ ކަންކަމާ ބެހޭ ވަޒީރު، މުޙައްމަދު ޒަރީރު
  • މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު، ޢަލީ ޝަރީފް

މި ފޯރަމް ކުރިއަށްދާނީ މިރޭ 21:00 ގައި، ސަލްޓަން ޕާކުގެ އިވެންޓް އޭރިއާގައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top