ވިޔަފާރި

އީގަލް ހިލްސްގެ މަޝްރޫޢާއެކު ރާއްޖޭގެ ޖީޑީޕީ އައު އުސްމިންތަކަކަށް ވާސިލުވާނެ: ރައީސް

އީގަލް ހިލްސްގެ މަޝްރޫޢާއެކު ރާއްޖޭގެ ޖީޑީޕީ އައު އުސްމިންތަކަކަށް ވާސިލުވާނެ: ރައީސް

އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ނުހަނު ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ، ދެކުނު އޭޝިއާ ސަރަޙައްދުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އެންމެ ބޮޑު ޤައުމަކީ ރާއްޖެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މި އަހަރުގެ ޖޫން މަހު ނެރުނު ތަފާސްހިސާބުތަކުން ދައްކާފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެއަކީ ބޭރުގެ މުދަލަށް ނުހަނު ބޮޑަށް ބަރޯސާވާ ޤައުމަކަށް ވެފައި، އުފެއްދުންތެރިކަން ދަށްވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގެ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިޤްތިޞާދީ ކަންކަން ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ތަފާތު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެންނަމުންދާ ކަމަށެވެ. އަދި އީގަލް ހިލްސްއާއެކު ސޮއިކުރެވުނު މަޝްރޫޢަކީ އޭގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“ކަންކަން ފުރިހަމަކުރުމަށް އެކިކަހަލަ އިންވެސްޓްމަންޓުތައް މިގެންނަނީ. މިހާރު މި ސޮއިކުރެވިގެން މިދިޔަ ޕްރޮޖެކްޓަކީ އޭގެ ތެރެއިން އެއް ކަންތައް. ދެން މިތަނަކީ އިރާދަކުރެއްވިއްޔާ ހަމަ އިގްތިސާދީ ގޮތުން ބަލާއިރު ވެސް ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލް އަކަށް، މަތީ ލެވެލްއަކަށް ގެންދާނެ ،” ރައީސް ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top