ސިޔާސީ

އަލްޢައްބާރުގެ ޔަގީންކަން: މަޝްރޫޢުގެ އިންވެސްޓްމަންޓުން ފެށިގެން ހުރިހާ މަރުޙަލާއެއްގައިވެސް އިސްކަންދޭނީ ދިވެހިންނަށް

އަލްޢައްބާރުގެ ޔަގީންކަން: މަޝްރޫޢުގެ އިންވެސްޓްމަންޓުން ފެށިގެން ހުރިހާ މަރުޙަލާއެއްގައިވެސް އިސްކަންދޭނީ ދިވެހިންނަށް

އަލްޢައްބާރުގެ ޔަގީންކަން: މަޝްރޫޢުގެ އިންވެސްޓްމަންޓުން ފެށިގެން ހުރިހާ މަރުޙަލާއެއްގައިވެސް އިސްކަންދޭނީ ދިވެހިންނަށް
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ” މޯލްޑިވްސް ވޯޓަރ-ފްރަންޓް އެންޑް މެރީނާ “މަޝްރޫޢުގެ އިންވެސްޓްމަންޓުން ފެށިގެން، އޭގެ ހުރިހާ މަރުޙަލާއެއްގައި ވެސް ދިވެހިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން، އެ މަޝްރޫޢުގެ މައި އިންވެސްޓަރު އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު ޢަލީ އަލްޢައްބާރު ދެއްވައިފިއެވެ.
ފޭދޫފިނޮޅު ރިސޯޓުގައި ވަޒީރުންނާއި، ވިޔަފާރިވެރިން އަދި ނޫސްވެރިންނާ އެކު ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލްޢައްބާރު ވިދާޅުވީ، އެމަނިކުފާނުގެ ހިއްސާ އޮންނަ ޢިމާރު އަދި އީގަލް ހިލްސްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކުގައި ވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ އެ ޤައުމެއްގެ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ.
އެގޮތުން، ރަސްމާލޭގައި ތަރައްޤީކުރާ މި މަޝްރޫޢާ ގުޅޭ އެންމެހައި މަސައްކަތްތަކުގައި ދިވެހި ވިޔަފާރިތަކަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް، މަޝްރޫޢުގެ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުން އަދި ލޮޖިސްޓިކްސްގެ ޚިދުމަތްތައް ދޭ ފަރާތްތަކެއްގެ ގޮތުގައި ހަމަޖައްސަވާނީ ދިވެހި ކުންފުނިތައް ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
” މި މަޝްރޫޢުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާނީ ދިވެހިން. އަޅުގަނޑުމެން އަމިއްލައަށް އެއްވެސް މުދަލެއް އެތެރެކުރުމުގެ ވިސްނުމެއް ނެތް. ހުރިހާ މުދަލެއްވެސް ގެންނާނީ ރާއްޖޭގެ ސަޕްލަޔަރުން މެދުވެރިކޮށް. އަދި މަސައްކަތްތައް ވެސް ކުރިއަށްގެންދާނީ ދިވެހި ކުންފުނިތަކާ ޙަވާލުކޮށްގެން “އަލްޢައްބާރު ވިދާޅުވިއެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ކުންފުނިތަކުން ހިންގާ މިފަދަ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެ ޤައުމެއްގެ ޒުވާނުން ބާރުވެރިކުރުވައި، ފަންނީ ހުނަރާއި ތަޖުރިބާ ހޯދައިދިނުމަކީ އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.
އަލްޢައްބާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެހެން ޤައުމުތަކުގައި ވެސް އެ ކުންފުނިން ޢަމަލުކުރާ އުޞޫލުން، ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން މި މަޝްރޫޢުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުޞަތު ފަހިކޮށްދެއްވާނެއެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ މާލީ ޤާބިލުކަން އީގަލް ހިލްސްގައި ހުރި ނަމަވެސް، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ މި މަޝްރޫޢުގެ އެންމެހައި މަންފާއެއް ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބިގެންދިޔުން ކަމުގައި ވިދާޅުވިއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top