ސިޔާސީ

” އަހާ “ފޯރަމް މިމަހުގެ 11 ގައި

” އަހާ “ފޯރަމް މިމަހުގެ 11 ގައި

ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ” އަހާ “ފޯރަމްގެ ނުވަވަނަ ބައްދަލުވުން، މި ހިނގާ އޮކްޓޯބަރު މަހުގެ 11 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދޭ މި ސިލްސިލާގެ ކުރިއަށް އޮތް ޕްރޮގްރާމުގައި ވަޒީރުންގެ މަޖިލީހުގެ ތިން މެންބަރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން މިފަހަރު ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:

މިނިސްޓަރ އޮފް ހެލްތު، ގީލާ އަލީ
މިނިސްޓަރ އޮފް ޓޫރިޒަމް، މުހައްމަދު އަމީން
މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، ހީނާ ވަލީދު

ގާތްގަނޑަކަށް ދެ ގަޑިއިރުގެ މުއްދަތަކަށް ވަގުތުން ގެނެސްދޭ މި ފޯރަމަކީ، ސަރުކާރުގެ ސިޔާސަތުތަކާއި ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުންގެ ހުރި ސުވާލުތަކާއި ކަންބޮޑުވުންތަކަށް ވަޒީރުންގެ ފަރާތްޕުޅުން ސީދާ ޖަވާބު ހޯދުމަށް ފަހިކޮށްދީފައިވާ މުހިންމު ފުރުޞަތެކެވެ.
މި ފޯރަމަށް ސުވާލު ފޮނުވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ޕީއެސްއެމްގެ ”އެއަރ އެޕް“ މެދުވެރިކޮށް އަދި ފޯރަމް ކުރިއަށްދާ ވަގުތު އެ ތަނަށް ހާޒިރުވެގެންވެސް ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޖަވާބުދާރީވުން ވަރުގަދަކުރުމުގެ މަޤްޞަދުގައި 2024 ވަނަ އަހަރު ތަޢާރަފުކުރި “އަހާ” ފޯރަމްގެ 8 ބައްދަލުވުމެއް މިހާތަނަށް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top