ސިޔާސީ

ބިން މިލްކުކުރެވޭ ގޮތް ހެއްދެވީ ޔާމީން ، މި ސަރުކާރުން އަމަލުކުރަނީ ގާނޫނާ އެއްގޮތަށް: ފަލާހު

ބިން މިލްކުކުރެވޭ ގޮތް ހެއްދެވީ ޔާމީން ، މި ސަރުކާރުން އަމަލުކުރަނީ ގާނޫނާ އެއްގޮތަށް: ފަލާހު

ރާއްޖޭގެ ބިން އަމިއްލަ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށާއި، މި ސަރުކާރުން އަބަދުވެސް އަމަލުކުރަމުން ދަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެކްސް (ކުރީގެ ޓްވިޓާ) ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށްފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ވަނީ ހިމަނުއްވާފައެވެ. އެ އިސްލާހާއެކު ކުރިމަގުގައި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ފެނިގެންދާނެ ކަމަށް އޭރު ރައީސް ޔާމީން ވިދާޅުވިކަން ފަލާހު ފާހަގަކުރެއްވިއެވެ.

ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމުގެ އިސްތިގުލާލަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަދި ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ގެންނަވަމުންދާ ތަރައްގީއާއި އިންވެސްޓްމަންޓްތައް ހުއްޓުވުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް މުޢިއްޒާ މެދު އޮތް ހަސަދަވެރިކަމެއްގެ ސަބަބުން ކުރައްވާ ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ޔާމީން މި ގައުމަށް އެއްވެސް ހެވެއް ނޭދޭކަން މިފަދަ ކަންކަމުން ހާމަވާ ކަމަށާއި، ގައުމަށް ނިކަމެތިކަން ގެންނަން މަސައްކަތްކުރާ މިފަދަ ހުރިހާ ފަރާތްތަކަށް ރައްޔިތުން “ނޫނެކޭ” ބުނަން ޖެހޭ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top