މިހާރު މާލޭގައި ކުރިއަށްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް 6 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވިއިރު، އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ ނައިބު ރައީސްކަމުގެ މަގާމުތަކަށެވެ. އެގޮތުން ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރެއްވިއެވެ. އެ ބޭފުޅުންނަކީ:
- އަސްމާ ރަޝީދު
- މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
- ޢަބްދުﷲ ރާފިޢު
- އަޙްމަދު ޝިޔާމް
- އިބްރާހީމް ޝުޖާޢު
- ފާޠިމަތު ސަޢުދާ
- މުޙައްމަދު ނިމާލް
- މުޙައްމަދު ސަޢީދު
މި ވޯޓްގައި ޖުމްލަ 1،095 މެންބަރުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ޚިޔާލު