ޚަބަރު

ކޮންގްރެސް ޕާޓީއަށް ނައިބު ރައީސުން ހޮވައިފި

ކޮންގްރެސް ޕާޓީއަށް ނައިބު ރައީސުން ހޮވައިފި

މިހާރު މާލޭގައި ކުރިއަށްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ޖަލްސާގެ ތެރެއިން އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް 6 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.

ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތިލެއްވިއިރު، އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ ނައިބު ރައީސްކަމުގެ މަގާމުތަކަށެވެ. އެގޮތުން ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރެއްވިއެވެ. އެ ބޭފުޅުންނަކީ:

  1. އަސްމާ ރަޝީދު
  2. މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
  3. ޢަބްދުﷲ ރާފިޢު
  4. އަޙްމަދު ޝިޔާމް
  5. އިބްރާހީމް ޝުޖާޢު
  6. ފާޠިމަތު ސަޢުދާ
  7. މުޙައްމަދު ނިމާލް
  8. މުޙައްމަދު ސަޢީދު

މި ވޯޓްގައި ޖުމްލަ 1،095 މެންބަރުން ބައިވެރިވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top