ޚަބަރު

އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢު: 3 ވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢު: 3 ވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި

އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަޙައްދުތައް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ ޢަމަލީ މަސައްކަތް މި މަހުގެ 4 ވަނަ ދުވަހު ވަނީ ރަސްމީކޮށް ފަށާފައެވެ. މި ސެގްމަންޓަކީ ޢިއްޒުއްދީން މަގާ ހިސާބުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮތް ސަރަޙައްދެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، އެމްޓީސީސީން ހާމަކުރައްވާފައިވާ ގޮތުގައި، ސެގްމަންޓް 3 ގެ ދަށުން ޖުމްލަ 1924.77 އަކަމީޓަރުގެ ސަރަޙައްދަކުން ކުރީގެ ތާރު ފަށަލަ ނެގުމަށްފަހު، އަލުން އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) އެޅުމާއި ތާރުއެޅުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އަދި ތާރުއަޅައި ނިމުމާއެކު، މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ވެސް ވަގުތުން ކުރިއަށް ގެންދެވޭނެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް މީގެކުރިން ކާމިޔާބުކަމާއެކު ނިންމައި، މިހާރު ވަނީ ޢާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ސްކޫލާ (ހޮސްޕިޓަލާ) ހަމައަށް އޮތް ސެގްމަންޓް 1 ގެ ސަރަޙައްދުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމަތި ހިމެނޭ ސެގްމަންޓް 2 އެވެ.

ތިންވަނަ ސެގްމަންޓުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު، ދެން ފެށުމަށް ހަމަޖެހިފައިވަނީ މި މަޝްރޫޢުގެ ހަތަރުވަނަ ސެގްމަންޓެވެ. އެއީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top