ޚަބަރު

ދިރުވާލައިގެން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެފި

ދިރުވާލައިގެން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެފި

ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސުން ހާމަކުރެއްވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ތައިލެންޑް މަގުން ރާއްޖެ އައި ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ މީހުން ހުއްޓުވައި، ސުވާލުކޮށް ބަލައިފާސްކުރީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެންނެވެ.

މި ބަލައިފާސްކުރުމުގެ ތެރޭގައި، އެމީހުންގެ ހަށިގަނޑުގެ އެތެރޭގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު ޖުމްލަ 142 ބުލެޓް ފެނިފައިވެއެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފުސީލާއި ބަރުދަން:

  • 708.2 ގްރާމް ހެރޮއިން
  • 424 ގްރާމް ކޮކެއިން
  • 51.6 ގްރާމް މޯފިން

މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 1،183.8 ގްރާމް (1.18 ކިލޯގްރާމް) ކަމަށްވެސް ކަސްޓަމްސުން މައުލޫމާތު ދެއްވައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top