ޚަބަރު

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި

ރާއްޖެއިން ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ، ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މިކަމާ ގުޅޭގޮތުން ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރުމަށް ދިޔަ އިންޑިއާ ނަސްލުގެ ފަސިންޖަރެއްގެ އަތުން، ކަސްޓަމްސްއަށް އެންގުމެއް ނެތި ބޭރުކުރަން އުޅުނު 905,669.80 (ނުވަ ލައްކަ ފަސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އައްޑިހަ ލާރި) އަށްވާވަރުގެ ބޭރު ފައިސާ ވަނީ ހިފަހައްޓާފަ އެވެ. ހިފަހައްޓާފައިވާ ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ކަރަންސީ ހިމެނޭ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތައް ދެނެގަނެ، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި ފަހުން ވަނީ ގިނަ އަދަދެއްގެ ބޭރު ފައިސާއާ އެކު ބަންގްލަދޭޝްގެ ހަ ފިރިހެނުން ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން، ހުއްދަ ނެތި ބޭންކިންގ ހިދުމަތް ދިނުމުގެ މައްސަލައަކާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއްގެ ތަންތަން ބަލައި ފާސްކޮށްފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top