ޚަބަރު

ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި ފަތުރުވެރިކަމުގެ ރިސޯޓްތަކެއް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފެށޭނެ

ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި ފަތުރުވެރިކަމުގެ ރިސޯޓްތަކެއް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފެށޭނެ

ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި ފަތުރުވެރިކަމުގެ ރިސޯޓްތަކެއް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފެށޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ވަޒީރު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރޭ ބޭއްވި” އަހާ “ފޯރަމްގައެވެ. އެ ފޯރަމްގައި އާންމު ފަރާތަކުން ސުވާލުކޮށްފައިވަނީ، ގއ. ވިލިނގިއްޔާ ގުޅިފައިވާ ފަޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި ރިސޯޓުތަކެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން އިޢުލާނުކުރައްވައި ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެތޯއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، މި މަޝްރޫޢު ވަރަށް އަވަހަށް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން، އަންނަ ނޮވެންބަރު މަސް ނިމުމުގެ ކުރިން މަޝްރޫޢު ފެށޭނެ ކަމުގައި ވަޒީރު ހާމަކުރެއްވި އެވެ. އަދި، މި މަޝްރޫޢު އަލުން ފެށޭނީ އައު ކޮންޓްރެކްޓަރަކާއެކު ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ގއ. ވިލިނގިލީ ފަޅު ތެރޭގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި 17 ރިސޯޓް ތަރައްޤީކުރުމަށް ފުރަތަމަ ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ބީސިކްސް ގްރޫޕާއެވެ. އެއީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބުރުޖް ޚަލީފާ އެޅި ކުންފުންޏެވެ. މި މަޝްރޫޢުގެ ދަށުން ގއ. ވިލިނގިއްޔާއި ވައިގެ ބަނދަރު އަޅާ ރަށް ކޯޒްވޭއަކުން ގުޅާލުމަށް އޮތީ ނިންމާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top