ކުޅިވަރު

100 ރުފިޔާގެ އާ ނޫޓުތަކެއް ޗާޕުކޮށްގެން ރާއްޖެ ގެނެސްފި

100 ރުފިޔާގެ އާ ނޫޓުތަކެއް ޗާޕުކޮށްގެން ރާއްޖެ ގެނެސްފި

ރާއްޖޭގައި މިހާު ބޭނުންކުރަމުންދާ 100ރުފިޔާގެ އާ ނޫޓުތަކެއް ޗާޕުކޮށްގެން ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެފައިވާ ކަމަށެވެ.

އެހެންވެ އެ ނޫޓުތަކުގެ އާ ސްޓޮކެއް މިއަދު އެމްއެމްއޭއަށް ގެނެސްފައިވާކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50އަހަރު ފުރުމާ ދިމާކޮށް ޕޮލިމާ ކަރުދާހުގައި ޒަމަނީ ސެކިއުރިޓީ ފީޗާސްތަކާ އެކު އާ ނޫޓުތަކެއް ނެރުނީ 2016ވަނަ އަަހަރުއެވެ.

އެ ސީރީޒްގައި މިހާރު ހިމެނެނީ 10، 20، 50، 100، 500އަދި 1،000ރުފިޔާގެ ނޫޓުތަކެވެ. އަދި ފަހުން ފަސް ރުފިޔާގެ ނޫޓެއް ވެސް ނެރުނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top