ކުޅިވަރު

މިފަހަރުގެ ބެލޮންޑިއޯ އެވޯޑު ޙައްޤީ މެސީއަށް: ބެކަމް

މިފަހަރުގެ ބެލޮންޑިއޯ އެވޯޑު ޙައްޤީ މެސީއަށް: ބެކަމް

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް މަޖައްލާއިން ދެމުން އަންނަ ޝަރަފުވެރި ބެލޮންޑިއޯ އެވޯޑު މި ފަހަރު އެންމެ ޙައްޤުވަނީ ލިއޮނަލް މެސީއަށް ކަމަށް، އިންޓަ މިއާމީގެ ހިއްސާދާރު ޑޭވިޑް ބެކަމް ބުނެފިއެވެ.

މި އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ކުރު ލިސްޓުގައި އާޖެންޓީނާގެ ކެޕްޓަން ހިމެނިފައިވާއިރު، މެސީއަކީ މި އެވޯޑު ރެކޯޑު އަދަދަކަށް، އެއީ 8 ފަހަރު ކާމިޔާބުކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ.

އިންޓަ މިއާމީން ކެމްޕިއޮނެސް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ވާހަކަދައްކަމުން ބެކަމް ފާހަގަކުރި ގޮތުގައި، ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމަށް ބަލާއިރު، މި އެވޯޑަށް މެސީ ނޮމިނޭޓްވުމަކީ ފުރިހަމައަށް ޙައްޤު ކަމެކެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް މެސީކަން އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން، އުމުރުން ދުވަސްވީ ނަމަވެސް، ވޯލްޑް ކަޕުގެ ކޮންމެ މެޗެއްގައި މެސީ ދެއްކި ފަދަ ނުފޫޒުގަދަ ތަފާތު ކުޅުމެއް ދެއްކޭނެ އެހެން ކުޅުންތެރިއަކު ނެތް ކަމަށް ވެސް ބެކަމް ބުންޏެވެ.

”އަޅުގަނޑުގެ ނަޒަރުގައި މިފަހަރުގެ ބެލޮންޑިއޯ އެވޯޑު ލިބެންޖެހޭނީ މެސީއަށް،“ ބެކަމް ބުންޏެވެ.

ދުނިޔޭގެ ރޭންކިންގގެ ގަދަ 100 ޤައުމުގެ އެކްރެޑިޓްކޮށްފައިވާ 100 ނޫސްވެރިންނާއި ކޯޗުންގެ ވޯޓުން ހޮވާ ބެލޮންޑިއޯ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ލަންޑަންގައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top