ޚަބަރު

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މި ހިނގާ މަހުގެ 26 ވީ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ، މި ދަތުރުފުޅާ ގުޅޭ އިތުރު ތަފުސީލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މިފަދަ އަމިއްލަފުޅު ދަތުރުފުޅުތަކުގެ އެންމެހައި ޚަރަދުތައް ހަމަޖައްސަވަނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top