ކުޅިވަރު

އަފްޣާނިސްތާނުގެ ސާފަރު ބަލިކޮށް ޔަސީން ތިންވަނަ ބުރަށް ދަތުރުކޮށްފި

އަފްޣާނިސްތާނުގެ ސާފަރު ބަލިކޮށް ޔަސީން ތިންވަނަ ބުރަށް ދަތުރުކޮށްފި

ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގެ ސާފިން މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގެ ދެވަނަ ބުރުގެ ހީޓު ހަތަރެއް ކާމިޔާބުކޮށް، ރާއްޖޭގެ އުއްމީދީ ޒުވާން ސާފަރު ޔަސީން އަޙްމަދު ނާޝިދު މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި މުބާރާތާ ޔަސީން ކުރިމަތިލީ މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަގުތެއްގައެވެ. އެގޮތުން، އެންމެ ފަހުން ބޭއްވި ދިވެހި ސާފް ލީގުގެ “މުލީކޮޅު ރާޅުގަނޑު” މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އޭނާއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ދެވަނަ ބުރުގެ ހީޓު ހަތަރެއްގައި ޔަސީން ވާދަކުރީ އަފްޣާނިސްތާނުގެ އަމޫ އަފްރިދީއާ ދެކޮޅަށެވެ. ޔަސީން މި ހީޓު ކާމިޔާބުކުރީ ޖުމްލަ 8.13 ގެ ސްކޯއަކުންނެވެ. މި ހީޓުގައި އޭނާ އެޅި ދެ ރާޅުގެ ތެރެއިން ފުރަތަމަ ރާޅުން 4.13 ގެ ސްކޯއެއް ހޯދިއިރު، ދެވަނަ ރާޅުން ހޯދީ 4.00 ގެ ސްކޯއެކެވެ.

މި ހީޓުގައި ޔަސީންއާ ވާދަކުރި އަފްޣާނިސްތާނުގެ އަމޫއަށް ލިބުނީ ޖުމްލަ 2.14 ގެ ސްކޯއެކެވެ.

ޔަސީން ތިންވަނަ ބުރުން ޖާގަ ކަށަވަރުކުރީ ހީޓު ހަތަރެއް ކާމިޔާބުކޮށްގެންނެވެ.ސާފިން އަކީ ކޮލިފިކޭޝަން މަރުހަލާ ކަނޑައްތުކޮށް އޭޝިއަން ގޭމްސްއިން ޖާގަ ހޯދި ހަމައެކަނި ކުޅިވަރުއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top