ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ދަތުރުފުޅާ ގުޅޭގޮތުން ވިދާޅުވީ، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް، މި ދަތުރުފުޅާ ބެހޭ އިތުރު ތަފުސީލެއް އެ އޮފީހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވާ 7 ވަނަ ދަތުރުފުޅެވެ. މީގެ ތެރޭގައި ހިމެނެނީ 6 ނުރަސްމީ ދަތުރުފުޅާއި އެއް ރަސްމީ ދަތުރުފުޅެވެ. ވެރިކަމުގެ މި މުއްދަތުގައި އެ މަނިކުފާނު އެންމެ ގިނައިން ވަޑައިގެންފައިވަނީ ވެސް ސިންގަޕޫރަށެވެ.
އެ މަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. ހަ ދުވަހުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ މެއި 30 ގައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top