ޚަބަރު

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 8،000 އަށްވުރެ ގިނަ ދަރިވަރުން އޯ-ލެވެލް އިމްތިޙާނު ފަށައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 8،000 އަށްވުރެ ގިނަ ދަރިވަރުން އޯ-ލެވެލް އިމްތިޙާނު ފަށައިފި

މިއަހަރުގެ ކެމްބްރިޖް އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރަސްމީކޮށް ފަށައިފިއެވެ. މިއަހަރުގެ އިމްތިޙާނުގައި 8،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން، އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޙާނުގައި 8،111 ދަރިވަރުން ބައިވެރިވާއިރު، އެސް.އެސް.ސީ އިމްތިޙާނުގައި 7،776 ދަރިވަރުން ވަނީ ރަޖިސްޓްރީވެފައެވެ.

އިމްތިޙާނު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަރުކަޒުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގެ 25 މަރުކަޒެއްގައި 3،222 ދަރިވަރުން އަދި އަތޮޅުތަކުގެ 242 މަރުކަޒެއްގައި 2،869 ދަރިވަރުން އިމްތިޙާނު ހަދަމުންދާނެއެވެ.

މިއަހަރުގެ އިމްތިޙާނު މިއަދު ފަށާފައިވަނީ އެސް.އެސް.ސީ ދިވެހި ކަރުދާހުންނެވެ. އަދި އިމްތިޙާނުގެ ހުރިހާ މާއްދާތަކެއް ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top