ޚަބަރު

އާރްޑީސީގެ އެމްޑީގެ މަޤާމުން ނަޒީމް ވަކިކުރައްވައި، ކުންފުނި ހިންގެވުން އެމްޓީސީސީގެ އެމްޑީއާ ޙަވާލުކުރައްވައިފި

އާރްޑީސީގެ އެމްޑީގެ މަޤާމުން ނަޒީމް ވަކިކުރައްވައި، ކުންފުނި ހިންގެވުން އެމްޓީސީސީގެ އެމްޑީއާ ޙަވާލުކުރައްވައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަޤާމުން ވަކިކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، އާރްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން އިބްރާހީމް ނަޒީމް ވަކިކުރައްވާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢުދީ ހަމަޖައްސަވާފައިވާ ކަމަށްވެސް އެ ބޯޑުން މަޢުލޫމާތު ދެއްވައެވެ.

އާރްޑީސީގެ އެމްޑީގެ މަޤާމަށް އިބްރާހީމް ނަޒީމް ޢައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އެ މަޤާމުން ވަކިކުރައްވާފައި މިވަނީ، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އާރްޑީސީ އުވާލައްވައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. މި ނިންމެވުމާ ގުޅިގެން، ސަރުކާރުގެ އެކި އިދާރާތަކުން އާރްޑީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢުތައް އެމްޓީސީސީއަށް ބަދަލުކުރުމުގެ މަރުޙަލާ މިހާރުވެސް ދަނީ ކުރިއަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top