ޚަބަރު

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ފަސް މިސްކިތެއް ހިމެނުމުގެ އުންމީދު ބޮޑުވެއްޖެ

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ފަސް މިސްކިތެއް ހިމެނުމުގެ އުންމީދު ބޮޑުވެއްޖެ

ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު ހީނާ ވަލީދު ވިދާޅުވެފައިވަނީ، 2027 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ތާރީޚީ ފަސް ހިރިގާ މިސްކިތެއް ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މި މަސައްކަތަށް 13 އަހަރު ދުވަހުގެ ބުރަ މަސައްކަތެއް ކުރެވިފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރޭ އޮތް” އަހާ “ފޯރަމްގެ އެޕިސޯޑެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ރާއްޖޭގެ ތާރީޚީ މިސްކިތްތައް މި ލިސްޓުގައި ހިމެނުމަށް 13 އަހަރު ދުވަހުގެ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. މި މިސްކިތްތަކުގެ ނޮމިނޭޝަން މިއަހަރުގެ ޖެނުއަރީ މަހު ޔުނެސްކޯއަށް ހުށަހެޅުމާއެކު، ސެޕްޓެމްބަރު މަހު އެތަންތަން ބަލައިގަނެފައިވާ ކަމުގެ މައުލޫމާތު ޔުނެސްކޯއިން މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މިގޮތުން، ޔުނެސްކޯގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ނޮމިނޭޓްކުރެވިފައިވާ މިސްކިތްތައް ބައްލަވައި، އެރަށްރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކޮށް، އެސެސްމަންޓް ނިންމާފައިވާކަން ވަޒީރު ހީނާ ހާމަކުރެއްވިއެވެ. މި މިސްކިތްތަކަށް ދުނިޔޭގެ ތަރިކައިގެ މަގާމު 2027 ވަނަ އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. ވަޒީރު ހީނާ ވިދާޅުވި ގޮތުގައި، މި މަގާމު ލިބުމުން ދިވެހި ތަރިކައިގެ ބައިނަލްއަޤްވާމީ ދަރަޖަ މަތިވެ، މި މިސްކިތްތައް ހުރި ރަށްތަކަށް އިޤްތިޞާދީ ފައިދާތައް ލިބި، ރާއްޖޭގެ ތާރީޚީ އަދި ސަގާފީ ތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވާނެއެވެ.

މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ހީނާ ވަނީ ދިވެހި ބަސް ދެމެހެއްޓުމާއި ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top