ޚަބަރު

އިންޑިއާގެ މަޝްހޫރު ޗައިތަންޔާ އައި ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ޑޮކްޓަރުން އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިއްޖެ!

އިންޑިއާގެ މަޝްހޫރު ޗައިތަންޔާ އައި ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ޑޮކްޓަރުން އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިއްޖެ!

އިންޑިއާގެ ކާމިޔާބު އަދި މަގުބޫލު” ޗައިތަންޔާ އައި ހޮސްޕިޓަލް “ގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރަކު، އޮކްޓޯބަރު މަހުގެ 11 އިން 15 އަށް އޯކިޑް މަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ބަލިމީހުން ބެއްލެވުމަށް ވަޑައިގަންނަވާ ދެ ބޭފުޅުންނަކީ، ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖްގެ އިތުރުން، ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީ އެވެ.

ލޮލުގެ ހާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ ޗައިތަންޔާ ހޮސްޕިޓަލާއެކު ވެވުނު މި ޕާޓްނާޝިޕްގެ ދަށުން، މީގެ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ދިވެހިންނަށާއި، އަލަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން އެދޭ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު އެ ހިދުމަތް ލިބިގެންދާނެއެވެ.

މި މުއްދަތުގައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 6:00 އަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ކުރިއަށްދާނެއެވެ. މި ދެ ޑޮކްޓަރުންނަށް ދެއްކުމުގައި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްގެ ހިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށް ބަލިމީހުން އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލަށް ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި، އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ޓިކެޓް އަދި އެކޮމޮޑޭޝަންގެ ކަންކަން ހަމަޖެއްސުމުގައި އައިކެއަރ އިން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ދެ ޑޮކްޓަރުންނަށް ދެއްކެވުމަށް މިހާރު އެޕޮއިންޓްމަންޓް ހުޅުވާލާފައިވާއިރު، ޑޮކްޓަރަށް ދައްކަވަން ވަޑައިގަންނަވާއިރު ކުރީގެ މެޑިކަލް ރިޕޯޓްތަކާއި، ބޭސްސިޓީ އަދި ޓެސްޓުތަކުގެ ނަތީޖާ ގެންދެވުމަށް އައިކެއާ އިން އިލްތިމާސްކުރެއެވެ.

އެޕޮއިންޓްމަންޓް ހެއްދެވުމަށް:

  • ފޯނު: 3321026
  • ވައިބަރ / ވަޓްސްއަޕް: 7201026
  • ވެބްސައިޓް މެދުވެރިކޮށް: eyecarehospital.mv/book-an-appointment
0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top