ޚަބަރު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.5 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.5 މިލިއަން ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ސްޓިކް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަތީ މިދިޔަ އާދީއްތަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އެގޮތުން ‘ޖެނެރަލް ކާގޯ’ ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރިއިރު، އޭގެ ތެރެއިން 8.5 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ސްޓިކް ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ އިދާރާއިން ބުނެއެވެ.


ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، 2024 ވަނަ އަހަރު ވޭޕް މަނާކުރުމުގެ އިތުރުން، 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ އަދި ފަހުން އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި، ބޭނުންކުރުން މަނާކުރާ ޤާނޫނުވެސް ވަނީ ފާސްކޮށްފައެވެ.
މީގެއިތުރުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމަށްފަހު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ލަފާގެ މަތިން މިދިޔަ ޖުލައި މަހު ވަނީ ޑިއުޓީގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައެވެ

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top