ޚަބަރު

ޗައިނާއާ އެކު އޮތް ގުޅުމަކީ ރާއްޖޭގެ ތަރައްޤީގެ ވަރުގަދަ ބިންގަލެއް: ރައީސުލްޖުމްހޫރިއްޔާ

ޗައިނާއާ އެކު އޮތް ގުޅުމަކީ ރާއްޖޭގެ ތަރައްޤީގެ ވަރުގަދަ ބިންގަލެއް: ރައީސުލްޖުމްހޫރިއްޔާ

2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާޞިލުކުރުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ އިޤްތިޞާދީ ފުރުޞަތުތަކާއި ފާގަތިކަމަށް ވާޞިލުކޮށްދޭ ހަރުދަނާ ފާލަމެއްގެ ގޮތުގައި ދެމިއޮތުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 ވަނަ އަހަރީ ޤައުމީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، އެ ޤައުމުގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ ހަމައެކަނި ދެއްކުންތެރި ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށާއި، އެއީ ޢަމަލީ ގޮތުން ފެންނަން އޮތް ހަޤީޤީ ކުރިއެރުމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ދެ ޤައުމުގެ ބަދަހި އެކުވެރިކަން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖާއި، ރާއްޖޭގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކުގެ އިތުރުން، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ފަހިވަމުންދާ ވިޔަފާރިއާއި އިޤްތިޞާދީ ފުރުޞަތުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top