ކުޅިވަރު

އޭޝިއަން ގޭމްސް: ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު އުޒްބަކިސްތާން އަތުން ބަލިވެއްޖެ

އޭޝިއަން ގޭމްސް: ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު އުޒްބަކިސްތާން އަތުން ބަލިވެއްޖެ

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ޓީމު އިވެންޓުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން އުޒްބަކިސްތާން އަތުން ސީދާ 3-0 ގޭމުން ބަލިވެއްޖެއެވެ. މި މޮޅާއެކު އުޒްބަކިސްތާނުން ވަނީ މި ގްރޫޕުގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އަޚްޔާރު އަޙްމަދު ޚާލިދު، އުޒްބަކިސްތާނުގެ ޝޯކްރޫޚް އިސްކަންދަރޯވްއާ ވާދަކޮށް ބަލިވީ ސީދާ ތިން ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 07-11، 07-11 އަދި 03-11 އިންނެވެ. ދެވަނަ ގޭމުގައި ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާޢީލް، އުޒްބަކިސްތާނުގެ ދިޔޯރުބެކް ދިލްޝޮދޯވްއާ ދެކޮޅަށް ކުޅުނު ގޭމުގެ ސެޓުތައް ނިމުނީ 09-11، 03-11 އަދި 07-11 އިންނެވެ.

މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންޞިފް އަޙްމަދު، އުޒްބަކިސްތާނުގެ ޚޫރުޝިދު އަޙްމަދޯވްއާ ދެކޮޅަށް ވާދަކޮށް އެއް ސެޓު ކާމިޔާބުކުރި ނަމަވެސް، 3-1 ސެޓުން އެ ގޭމު ކާމިޔާބުކުރީ އުޒްބަކިސްތާނުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި ގޭމުގެ ސެޓުތައް ދިޔައީ 10-12، 06-11، 13-11 އަދި 06-11 އިންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ އޭޝިއާގެ ގަދަބާރެއް ކަމަށްވާ ޖަޕާނު އަތުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top