ކުޅިވަރު

އީރާނުގެ އެއާލައިންތަށް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ އެއާލައިންތަށް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ އެއާލައިންތަކަށް ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ އެކި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ދެއްވައިފިއެވެ.

ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ބެސެންޓް ވިދާޅުވީ، އަލަށް ތަންފީޒުކުރަން ފަށާ މި ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ބުދަ ދުވަހުން ފެށިގެން އީރާނުގެ އެއާލައިންތަކުން މުޅި ދުނިޔޭގައި ކުރަމުންދާ ބައިނަލްއަޤްވާމީ ދަތުރުތައް އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. މީގެއިތުރުން، މި އިންޒާރަކީ ހަމައެކަނި އެއާލައިންތަކަށް އަމާޒުކުރެވިފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ބޭރު ޤައުމުތަކުގައި އީރާނުގެ ބޯޓުތަކަށް ޚިދުމަތްދޭ އެއާޕޯޓުތަކާއި، ތެޔޮ ފޯރުކޮށްދޭ ފަރާތްތަކާއި، ޓިކެޓިންގ އެޖެންސީތަކުގެ އިތުރުން އެފަދަ އެހެނިހެން ވިޔަފާރިތަކަށް ވެސް މި ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

ބެސެންޓް އިތުރަށް ތަފްޞީލުކޮށްދެއްވި ގޮތުގައި، އީރާނުގެ އެއްވެސް ބޯޓަކަށް އެއާޕޯޓް ޚިދުމަތް ދިނުމާއި، ތެޔޮ އެޅުމާއި ނުވަތަ ޓިކެޓު ވިއްކުން ފަދަ އެއްވެސް ޚިދުމަތެއް ދޭ ފަރާތެއް ވާނަމަ، އެ ފަރާތެއް އެމެރިކާގެ ޑޮލަރުގެ މާލީ ނިޒާމުން އެއްކޮށް އެކަހެރިކުރެވޭނެއެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ހިންގަމުންދާ އިޤްތިޞާދީ ފިއްތުންތަކުގެ ތެރެއިން އެޅުނު އެންމެ ފަހުގެ ފިޔަވަޅެވެ. އަދި ބައިނަލްއަޤްވާމީ މާލީ ނިޒާމުން އީރާން އެކަހެރިކޮށް ބާކީކުރުމަށް އެމެރިކާއިން ކުރަމުންދާ ފުޅާ މަސައްކަތްތަކުގެ ތެރޭގައި މި ނިންމުން ހިމެނޭކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ޙަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top