ޚަބަރު

އަމީނީމަގު ފުރަތަމަ ސެގްމަންޓުގައި ތާރުއަޅަން ފަށައިފި

އަމީނީމަގު ފުރަތަމަ ސެގްމަންޓުގައި ތާރުއަޅަން ފަށައިފި
  • މާލޭގެ އަމީނީމަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އިން ފަށައިފިއެވެ.

    މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރުއަޅަނީ ދިވެހިރާއްޖޭގެ އަޑު ހުންނަ ސަރަޙައްދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކިންގް ސަރަޙައްދާ ހަމައަށެވެ. މިއީ ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެކެވެ.

    އަމީނީމަގު އިތުރަށް ތަރައްޤީކުރުމުގެ މި މަޝްރޫޢަކީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މަގުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ބިމުގެ އަޑީގައިވާ ނެޓްވޯކްތަކާއި ހޮޅިތައް ބަދަލުކުރުމާއި، ބަސް ހުއްޓިތައް އިތުރަށް ފުރިހަމަކުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

    ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމި، އާންމު ދަތުރުފަތުރަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށްވާ ދެވަނަ ސެގްމަންޓުގެ މަސައްކަތެވެ.

    ސަރުކާރުގެ އަމާޒަކީ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ސަރަޙައްދުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމެވެ.

    އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢެއް 84.4 މިލިއަން ރުފިޔާގެ ޚަރަދުގައި މިދިޔަ ޖެނުއަރީ މަހު ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ މަގުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުރި މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top