ޚަބަރު

2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް، ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުޢިއްޒަށް ދިނުމަށް ޕީއެންސީ ކޮންގްރެސްއިން ފާސްކޮށްފި

2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް، ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުޢިއްޒަށް ދިނުމަށް ޕީއެންސީ ކޮންގްރެސްއިން ފާސްކޮށްފި

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް، ޕްރައިމަރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސުމަށް އެ ޕާޓީގެ ކޮންގްރެސް އިން އިއްތިފާޤުން ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ޕީއެންސީގެ ކޮންގްރެސްގައި ކުރިއަށްދިޔަ ޚާއްޞަ ސެޝަނެއްގައެވެ. ރައީސް ޑރ. މުޢިއްޒަށް ދެވަނަ ދައުރެއްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި އެރުވުމަށް އެދި ކޮންގްރެސްއަށް މި ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ. މި ޤަރާރަށް ވޯޓަށް އެހުމުން، ސެޝަނުގައި ބައިވެރިވެވަޑައިގެންނެވި 1،119 މެންބަރުންގެ އިއްތިފާޤުން ވަނީ އެ ޤަރާރު ފާސްކުރުމަށް ވޯޓު ދެއްވާފައެވެ.

 

ހުށަހެޅުނު ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕީއެންސީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވައިގެން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވައިފިނަމަ، ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޓިކެޓް ދެވިދާނެ ކަމަށް އެ ޕާޓީގެ އަސާސީ ޤަވާޢިދު ތަންދެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top