ޚަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

މި ހިނގާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ރާއްޖެއިން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގަން ފެށި ނިންމުން ބާތިލުކުރުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ.

ރާއްޖޭގައި’ ޑެސްޓިނޭޝަން ޕްރިންސިޕަލް ‘ތަންފީޒުކޮށް، ބޭރުގެ އެޖެންޓުންނާއި އޮންލައިން ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

މި އިޞްލާޙާ އެއްގޮތަށް މި ހިނގާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކުން ޓެކްސް ނަގަން ފަށާފައިވާއިރު، މިކަމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ޤާނޫނަށް މި ބަދަލު ގެނައުމުގެ ކުރިން ވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު މާކެޓުތައް ކަމުގައިވާ ރަޝިޔާ އަދި އިންޑިއާ ފަދަ ޤައުމުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ މި ނިންމުމާމެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި އިސްލާހީ ބިލުގެ މައިގަނޑު މަގުސަދަކީ، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ މިފަދަ ހިދުމަތްތަކުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނުގައި މިހާރު ހިމަނާފައިވާ މާއްދާތައް އެއްކޮށް އުނިކުރުމެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top