ޚަބަރު

ވަޒީރު ހީނާ ޗައިނާގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްތައް ބައްލަވާލައްވައިފި

ވަޒީރު ހީނާ ޗައިނާގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްތައް ބައްލަވާލައްވައިފި

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާގެ ހަންގްޒޫގައި ހުންނަ ސަގާފީ ދެ މުއައްސަސާއަކަށް ޒިޔާރަތްކުރައްވައި، ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމާއި، ސަގާފީ ތަރިކަ ދެމެހެއްޓުމާއި، އަދި ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރގެ ހަންގްޒޫ ގޮތްޕަށް ކުރެއްވި ޒިޔާރަތުގައި، ޗައިނާގެ ތާރީޚީ ލިޔެކިޔުންތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރ ހީނާ އޮޅުންފިލުއްވިއެވެ. ވަކިން ހާއްސަކޮށް، ތާރީޚީ ލިޔެކިޔުންތަކާއި ރެކޯޑުތަކުގެ އެހީގައި ސަގާފީ އައިޑެންޓިޓީ ދެމެހެއްޓުމާއި، އަންނަން އޮތް ޖީލުތަކަށް ސަގާފީ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެ މުއައްސަސާއިން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން އެކަމަނާ މަޢުލޫމާތު ހޯއްދެވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ވަނީ ޒީޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައި، އެތަނުން ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި، އާންމުންނަށް މަޢުލޫމާތު ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން، ފޮތް ކިޔުމުގެ އާދަ އަށަގަންނުވައި މުޅި އުމުރަށް އުނގެނުމަށް ބާރުއެޅުމަށް ކުރާ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top