ޚަބަރު

ދައުލަތުގެ ތިން ބާރުގެ މައި އިދާރާތަކުގައި ހުޅުޖެހުމަށް ގޮވާލި މައްސަލަ ތަޙުޤީޤުކުރަން ފަށައިފި

ދައުލަތުގެ ތިން ބާރުގެ މައި އިދާރާތަކުގައި ހުޅުޖެހުމަށް ގޮވާލި މައްސަލަ ތަޙުޤީޤުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސްޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ގޮވާލައި ހިތްވަރުދިން މައްސަލައެއް، ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ތަޙުޤީޤުކުރަން ފަށައިފިއެވެ.

މި ޢަމަލަށް ހިތްވަރުދީ މީސްމީޑިއާގައި ޚިޔާލުފާޅުކޮށްފައިވަނީ، އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް (ރިޓަޔަރޑް) އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންއެވެ.

އޭނާ އިނގިރޭސި ބަހުން ޢާންމުކުރި ޕޯސްޓެއްގައި، ދައުލަތުގެ އެ މުހިންމު ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބަކާމެދު ސުވާލު އުފައްދައި، އެ ތަންތަނުގައި ރޯކޮށްލުމަކީ” މަޖާ “ކަމަކަށް ވާނެކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައިވާ ގޮތުން، ޓެރަރިޒަމްގެ އެފަދަ ޢަމަލުތަކަށް ހިތްވަރުދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި މިފަދަ ކުށެއް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ޙުކުމެއް އަންނާނެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޤާނޫނާ ޚިލާފު މި ޢަމަލާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top