ލައިފްސްޓައިލް

25 އަހަރަށްފަހު ރީކޯ މޫސަ އަލުން ފިލްމެއްގެ ލީޑު ރޯލުން ފެންނަން ތައްޔާރުވެއްޖެ

25 އަހަރަށްފަހު ރީކޯ މޫސަ އަލުން ފިލްމެއްގެ ލީޑު ރޯލުން ފެންނަން ތައްޔާރުވެއްޖެ

ދިވެހި ސިނަމާ ދުށް އެންމެ މަގުބޫލު އެއް ފަންނާނު ކަމަށްވާ ރީކޯ މޫސާ މަނިކު، ދިގު މެދުކެނޑުމަކަށްފަހު އަލުން ފިލްމެއްގެ އިސް ރޯލުން ފެނިގެންދާނެކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފިއެވެ. މޫސަ އަލުން ފެނިގެންދަނީ މަޝްހޫރު ޑައިރެކްޓަރު އީސާ ޝަރީފްގެ އާ ފިލްމު ‘ކީއްވެ؟’ އިންނެވެ. އީސާ ޝަރީފަކީ މޫސަގެ ފިލްމީ ހަޔާތުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ‘ފަތިސްހަނދުވަރު’ ގެ ވެސް ޑައިރެކްޓަރެވެ.

މި ފިލްމަކީ މޫސަގެ އިތުރުން ޑައިރެކްޓަރު އީސާ ޝަރީފް ވެސް 22 އަހަރަށްފަހު ފީޗާ ފިލްމު ޑައިރެކްޝަނަށް އެނބުރި އަންނަ މަސައްކަތެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށްފައިވަނީ 2004 ވަނަ އަހަރު ނެރުނު’ ހަތަރު އުދަރެސް ‘އެވެ.’ކީއްވެ؟ ‘ގައި މޫސައާ އެކު އަންހެން ލީޑުން ފެންނާނީ މަޝްހޫރު ބަތަލާ ޝީލާ ނަޖީބެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރު އަލީ ޝަމީލް ވެސް މުހިންމު ރޯލަކުން މި ފިލްމުގައި ހިމެނެއެވެ.’ ކީއްވެ؟  ‘އަކީ އޮލިމްޕަހުގައި ބޮޑު މަގުބޫލުކަމެއް ހޯދި’ ކަމަނަ ‘އަދި’ ކަނބުލޯ ‘ގެ ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ ހުސައިން މުނައްވަރުގެ ކިޑް ޕްރޮޑަކްޝަނާއި، ސެޓާން ސްޓޫޑިއޯގެ އިތުރުން، އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯ އަދި ނޫރު އެންޑް މޫވީސް ގުޅިގެން ގެނެސްދޭ އުފެއްދުމެކެވެ. ޕްރޮޑިއުސަރުން ހާމަކުރި ގޮތުގައި ކުރީގެ ފިލްމުތަކެކޭ އެއްފަދައިން މި ފިލްމަކީ ވެސް މުޖުތަމައުގައި ހުރި ނާޒުކު އަދި މުހިންމު މައްސަލައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އިޖުތިމާއީ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން މުޅިން ނިމިފައިވާއިރު، މިއަދު ވަނީ ފިލްމުގެ ފުރަތަމަ ރަސްމީ ޕޯސްޓަރު އާންމުކޮށްފައެވެ. މިދިޔަ އަހަރު ‘މިހާރު’ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވަނީ، އެކަށީގެންވާ ސްކްރިޕްޓެއް ލިބިއްޖެނަމަ އަލުން އެކްޓިންގެ ދާއިރާއަށް ނުކުންނެވުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކުރައްވާފައެވެ.

ފަހުގެ އަހަރުތަކުގައި މޫސަ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ’ ލަސްވިޔަސް ‘ގެ ހާއްސަ މެހެމާނެއްގެ ގޮތުގައެވެ. އޭނާ އެންމެ ފަހުން ލީޑު ރޯލަކުން ފެނުނީ 2003 ވަނަ އަހަރު ނެރުނު’ ގިނިހިލަ ‘އިންނެވެ. އޭގެ ފަހުން ފާތިމަތު ނަހުލާގެ ކާމިޔާބު ފިލްމު’ ނާއުންމީދު ‘އިން ވެސް މޫސަގެ މޮޅު އެކްޓިންއެއް ފެނިގެންދިޔައެވެ.

މޫސަގެ ފިލްމީ ހަޔާތުގެ ރަން ދުވަސްވަރުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައްވާފައެވެ. އެގޮތުން ‘ފަތިސްހަނދުވަރު’ ގައި އޭނާ ކުޅުނު’ ޖިނާ ‘ގެ ރޯލަކީ އާފަތިސް އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ ޝަރަފު ލިބުނު، އަދި މިއަދުވެސް ބެލުންތެރިންގެ ހިތްތަކުގައި ބީވެގެން ނުދާ ފާހަގަކޮށްލެވޭ ރޯލެކެވެ. މީގެ އިތުރުން 1996 ވަނަ އަހަރު ޔޫސުފް ރަފީއު (ޔޫސޭ) ގެ ‘ޙައްޤު’ ފިލްމުން އޭނާ ވަނީ ގައުމީ ފިލްމު އެވޯޑާއި އާފަތިސް އެވޯޑް ކާމިޔާބުކުރައްވާފައެވެ.

އެކްޓިންގެ އިތުރުން މޫސައަކީ ޑައިރެކްޓަރެއްގެ އިތުރުން ވާހަކަލިޔުންތެރިއެއް ވެސް މެއެވެ. ފަހުން ފިލްމީ ދާއިރާއާ ދުރުވެވަޑައިގެން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ނަމަވެސް، މޫސައަކީ ދެ ދާއިރާގައި ވެސް އާންމުންގެ ބޮޑު މަގުބޫލުކަމަކާއި ތާއީދެއް ހޯއްދަވާފައިވާ ޝަޚުސިއްޔަތެކެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top