ޚަބަރު

ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލުމަށް ވަޒީރު ސަޢީދު ގޮވާލައްވައިފި

ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލުމަށް ވަޒީރު ސަޢީދު ގޮވާލައްވައިފި

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ހުރަސްއެޅިގެން ނުވާނެއެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ފުރިހަމަ ފައިދާ ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖެއަށް އިންވެސްޓްކުރަން އެދޭ ފަރާތްތަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ނޭދެވޭ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، އިންވެސްޓަރުންނާ ދެކޮޅަށް ފަތުރާ ހަގީގަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން މުޅި ޤައުމުގެ މުސްތަޤުބަލަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ. އެގޮތުން، ބައިނަލްއަޤްވާމީ ވިޔަފާރީގެ ވާދަވެރި މާޙައުލުގައި، ރާއްޖެއާ ވާދަކުރާ އެހެން ޤައުމުތަކަށް މިފަދަ ދޮގު ވާހަކަތައް ވެގެންދާނީ އެ ފަރާތްތަކަށް ލިބޭ “ހިތްގައިމު ފުރުޞަތަކަށް” ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.” ޤަބޫލުކުރަން ދަތިވި ނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަން. މި ދާއިރާއަކީ އަބަދުވެސް ތަރައްޤީވަމުން، ބަދަލުވަމުން އަންނަ ހަރަކާތްތެރި ސިނާޢަތެއް. މިއީ މި ދާއިރާގެ ހަޤީޤަތަކީ. ނަފްރަތާއި ދޮގާއި ޙަސަދަވެރިކަމުގެ މައްޗަކަށް ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތެއް ބިނައެއް ނުކުރެވޭނެ ،” ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ރާއްޖޭގައި އަބަދުވެސް ނެގެހެއްޓޭނީ ދިވެހިރާއްޖޭގެ ޤާނޫނުކަން ހަނދާންކޮށްދެއްވަމުން، ޤާނޫނުއަސާސީއާ ޚިލާފު އެއްވެސް ޢަމަލަކަށް މި ސަރުކާރުން ފުރުޞަތު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އެހެންކަމުން، ކަންކަމުގެ ޙަޤީޤަތް އޮޅުވާނުލުމަށާއި، ދޮގު މަޢުލޫމާތާއި މުޖުތަމަޢުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ފެތުރުން ވަގުތުން ހުއްޓާލުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top