ޚަބަރު

ފްލައިދުބާއީގެ ހިނގައިދިޔަ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ޔޫއޭއީގައި ބަންދުކުރި ދިވެހި ދެ ޕައިލެޓުން އަނބުރާ ރާއްޖެ ފޮނުވާލާފައިވާ

ފްލައިދުބާއީގެ ހިނގައިދިޔަ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ޔޫއޭއީގައި ބަންދުކުރި ދިވެހި ދެ ޕައިލެޓުން އަނބުރާ ރާއްޖެ ފޮނުވާލާފައިވާ

ފްލައިދުބާއީގެ ފްލައިޓެއްގެ ކޮކްޕިޓް ތެރޭގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ޔޫއޭއީގައި ބަންދުކުރި ދިވެހި ދެ ޕައިލެޓުން އަނބުރާ ރާއްޖެ ފޮނުވާލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޔޫއޭއީގެ ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިޓެއްގައެވެ. ބޮއިންގ 737 މެކްސް 8 މަރުކާގެ މި ބޯޓު ސައޫދީ އަރަބިއްޔާގެ ވައިގެ ސަރަހައްދުން 30،000 ފޫޓު މަތިން އުދުހެމުން ދަނިކޮށް، ދަތުރަށް ދެ ގަޑިއިރާއި ބައި ވީތަނާ ކޮކްޕިޓް ތެރޭގައި ކުއްލި ހަމަނުޖެހުމެއް ވަނީ ހިނގާފައެވެ.
މީޑިއާ ރިޕޯޓްތަކާއި ފަސިންޖަރުންގެ ބަސްތަކާ ހަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި، މި ހާދިސާގައި ބޯޓުގެ ކެޕްޓަނާއި ފަސްޓް އޮފިސަރު (ކޯ-ޕައިލެޓް) އާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގައި، ކޯ-ޕައިލެޓް ވަނީ ކެޕްޓަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. މި ހަމަނުޖެހުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލި، ވަގުތުކޮޅެއްގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ފޫޓު ތިރިއަށް ވެއްޓިގެން ދިޔަކަން ފްލައިޓް ޓްރެކިންގ ޑޭޓާތަކުން ދައްކައެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ފެށި ފުޅާ ތަޙުޤީޤުގެ ތެރެއިން، އެ އެއާލައިންގައި މަސައްކަތްކުރާ ދިވެހި ދެ ޕައިލެޓަކު ހިފަހައްޓައި ސުވާލުކުރިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ދެ ޕައިލެޓުން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި މަޢުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top