ދީނީ

ރަމަޟާން މަހަށް 14 މިސްކިތެއް ހުޅުވަނީ؛ ހުޅުމާލޭގައި ދާއިމީ 3 މިސްކިތް

ރަމަޟާން މަހަށް 14 މިސްކިތެއް ހުޅުވަނީ؛ ހުޅުމާލޭގައި ދާއިމީ 3 މިސްކިތް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އިމާރާތްކުރި 14 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ރޯދަމަހަށް ހުޅުވޭ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި އަލަށް ބިނާކުރެވުނު ދާއިމީ ތިން މިސްކިތެއް ވެސް ހިމެނޭ ކަމަށެވެ.

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެކެވެ. މިގޮތުން، އެކަށީގެންވާ ވަރަށް މިސްކިތް ނެތް ރަށްރަށުގައި އައު މިސްކިތްތައް ޤާއިމުކުރުމާއި، އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދެއެވެ.

މީގެއިތުރުން، މާލެއާއި ހުޅުމާލޭގެ އާބާދީއާ އެއްވަރަށް މިސްކިތްތައް އިތުރުކުރުމާއި، މާލެއާއި ވިލިމާލޭގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި، ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ މިސްކިތްތައް ބިނާކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top