މި ހަޑިމުޑުދާރު އަދި ލަދުވެތި ވާހަކަ ދެއްކުމުގެ އެއްވެސް ނިޔަތެއް އަހުރެންގެ ނެތެވެ. ނަމަވެސް، ފެތުރެމުންދާ ދޮގު އަދި ހަގީގަތާ ހިލާފު ވާހަކަތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މި ވާހަކަ ހިއްސާކުރުމަށް މަޖުބޫރުވީއެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ނަޒްރުލް އިސްލާމް އާއި ސާތީ އަޚްތަރު، މަސައްކަތް ކުރަމުން ދިޔައީ ބިން ލާދިން ކުންފުނީގައެވެ. އެއީ މައްކާގެ މަސްޖިދުލް ހަރަމްގެ ސާފުކުރާ މުވައްޒަފުންނެވެ. އަންހެން މީހާ ދިރިއުޅެމުން ދިޔައީ ބަތްހާ ގުރައިޝް ސަރަހައްދުގައި ހުންނަ ވިލާއެއްގައެވެ. އަދި ފިރިހެން މީހާ އުޅެމުން ދިޔައީ ހައްޔުލް އިސްކާންގައި ހުންނަ ވިލާއެއްގައެވެ.
މި ދެމީހުން ވަޒީފާގައި އުޅުނު ދުވަސްވަރު އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި، މަސްޖިދުލް ހަރަމްގެ 85 ވަނަ ދޮރާއި 87 ވަނަ ދޮރާ ދެމެދު ހުންނަ ސިޑިގޮޅިއެއްގެ ތެރޭގައި ފަޅަށް ހުރި ކޮޓަރިއެއްގައި ޒިނޭކުރިއެވެ.
ނަޒްރުލް އިސްލާމް އޭނާގެ އިންޑިއާ ރަހުމަތްތެރިއަކަށް، އެމީހުން އެކަން ކުރަން ތިބިއިރު ބޭރުގައި ފާރައަށް ހުރުމަށް އެންގިއެވެ. އެ ރަހުމަތްތެރިޔާ ވަނީ އެ މަންޒަރު ވީޑިއޯކޮށްފައެވެ. ފަހުން، އޭނާވެސް އެ އަންހެން މީހާއާއެކު ޒިނޭކުރަން ބޭނުންވެ، އެކަން ކާމިޔާބު ނުވުމުން ނުވަތަ އެކަމަށް އެ ދެމީހުން އެއްބަސް ނުވުމުން، އޭނާ އެ ވީޑިއޯ އާންމުކުރީއެވެ.
އޭގެ ފަހުން މި ހާދިސާ އާންމުންގެ ސަމާލުކަމަށް އައުމުން، ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އެ ތިން މީހުން ހައްޔަރުކުރިއެވެ. ވީޑިއޯ ކުރި އިންޑިއާ މީހާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، އޭނާ މިހާރުވެސް ހުރީ ޖަލުގައެވެ. އަނެއް ދެމީހުންވެސް ތިބީ ޖަލުގައެވެ.
ނަޒްރުލް އިސްލާމް ސައުދީއަށް ދިޔައީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާ މި ފާފަ ކުރީ 2023 ވަނަ އަހަރުގެ މެއި މަހުގައެވެ. އެއަށްފަހު އޭނާ ހައްޔަރުކުރެވި، 2023 މެއި މަހުން ފެށިގެން 2026 އޮކްޓޯބަރުގެ ނިޔަލަށް ޖަލުގައި ހުއްޓެވެ. މި މައްސަލައިގެ ޝަރީއަތް ގާތްގަނޑަކަށް ތިން އަހަރާއި ބަޔާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ދިޔައެވެ.
މިފަދަ ހާލަތްތަކުގައި، އެކަން އެ މީހެއްގެ ސްޕޮންސަރ އަދި ކުންފުންޏަށް އެންގުމަކީ ސައުދީ ސަރުކާރުގެ ޒިންމާއެކެވެ. ނަމަވެސް އެހެން ގައުމުތަކުގެ މީހުންނަށް އެކަން އަންގައި އާންމުކުރުމަކީ އެ ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫނެވެ.
ގިނަ ބަޔަކު ދަނީ އެ ދެމީހުން ދިޔައީ އުމްރާއަކަށް ކަމަށާއި، އެތަނުގައި ހަމައެކަނި ބޮސްދިނީ ކަމަށް ބުނަމުންނެވެ. މި ހުރިހާ ވާހަކަތަކަކީވެސް މުޅިން ދޮގު، ހަގީގަތެއް ނެތް ވާހަކަތަކެކެވެ.
އެ ދެމީހުންނަކީވެސް ކައިވެނިކޮށްގެން އުޅުނު ބައެއް ނޫންކަމީ ތެދެކެވެ. ނަމަވެސް އުފެދޭ ސުވާލަކީ، ކައިވެނިނުކޮށް ތިބި ބަޔަކަށް ވީއިރުވެސް އެމީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުނީ ކީއްވެގެން ހެއްޔެވެ؟ އެއީ އެއީ މަސްޖިދުލް ހަރަމް ކަމަށްވާތީއެވެ. މި މައްސަލައަކީ ހަމައެކަނި ޒިނޭގެ އުގޫބާތާ ގުޅިފައިވާ ކަމެއް ނޫނެވެ. އޭގެ އިތުރުން، އެއީ މަސްޖިދުލް ހަރަމްގެ މާތްކަމާއި ހުރުމަތް ކަނޑާލުމުގެ ބޮޑު ކުށެކެވެ.
މި ސަބަބަށްޓަކައި، އެހެން މީހުންނަށް އިބުރަތަކަށް ވުމުގެ ގޮތުން، ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުން ވަނީ މަރުގެ އަދަބަކީ އެކަށީގެންވާ އަދަބެއް ކަމަށް ނިންމަވައި، އެ ހުކުމް އިއްވަވާފައެވެ. މި އަދަބަކީ ގުރުއާނާއި ސުންނަތާ އެއްގޮތްވާ ގޮތުގެ މަތިން ދެވުނު އަދަބެކެވެ.
އެންމެ ހައިރާންވާންޖެހޭ ކަމަކީ، މިއަދުވެސް މިކަމާ ގުޅޭގޮތުން އެއްވެސް ލަދެއް ނެތި ދޮގު ވާހަކަ ފަތުރަމުންދާ ކަމެވެ. ބަންގްލަދޭޝްގެ ތަފާތު ފިކުރުތަކުގެ މީހުން މި ވާހަކަ ދައްކާއިރު، އެ ގައުމުގައި އިސްލާމީ ޝަރީއަތް ގާއިމުކުރަން ވަކާލާތުކުރާ ބައެއް މީހުންވެސް މި ނިންމުމާ ދެކޮޅަށް ވާހަކަ ދައްކައެވެ.
ވީމާ، ތިޔައީ އަބުރުވެރި އާއިލާއަކަށް ނިސްބަތްވާ މީހެއް ނަމަ، ޒިނޭކުރުމަށް ހިތްވަރު ދިނުން ހުއްޓާލާށެވެ. އަދި މި ފިރިހެން ކުއްޖާގެ މައިންބަަފައިން މީޑިއާތަކުގައި ލަދުކުޑަ ބަޔާންތައް ދިނުމުން ދުރުހެލިވުމަށް ނަސޭހަތްތެރިވާށެވެ.
މާތްﷲ އަހަރެމެން އެންމެންނަށް ހިދާޔަތް ދައްކަވާށި! އާމީން.