ރައީސް

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ޕާކިސްތާނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް، މި ދަތުރުފުޅާ ގުޅޭގޮތުން ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިސްކޮށް ހުންނަވައި، ޕީއެންސީގެ 16 މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ވެސް ވަނީ ޕާކިސްތާނަށް ރަސްމީ ޒިޔާރަތެއް ކުރައްވާފައެވެ. އެ ޒިޔާރަތުގެ ތެރެއިން، މަޖިލީހުގެ ރައީސް ވަނީ ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް ޢާޞިމް މުނީރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ދަޢުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންގެ އިތުރުން، އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އެންމެ ފަހުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުއެވެ. އެއީ އެ ޤައުމުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަޢުވަތަކަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެ ދުވަހުގެ މުއްދަތަށް ކުރެއްވި ދަތުރުފުޅެކެވެ. މީގެއިތުރުން، ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ވެސް ރަސްމީ ދަތުރުފުޅުތަކުގައި ތިން ފަހަރެއްގެ މަތިން ޕާކިސްތާނަށް ވަޑައިގެންފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top