ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަޑައިގެންފިއެވެ. މިއީ ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މަތީ ފަންތީގެ ބައްދަލުވުމެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.
براہِ راست:مالدیپ کے صدر جناب محمد معیز کی وزیراعظم ہاؤس آمد https://t.co/Rb82zDl9d0
— Government of Pakistan (@GovtofPakistan) October 21, 2026
އަންގާރަ ދުވަހު އިސްލާމްއާބާދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވައި، ރަސްމީ އިސްތިޤުބާލެއް ވަނީ ދަންނަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު އިސްލާމްއާބާދުގައި ހުންނަ ބޮޑުވަޒީރުގެ ގޭގައި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮންނާނެއެވެ. އަދި އެއަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު މަތީ ފަންތީގެ ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.