ލައިފްސްޓައިލް

“ދެވި” ފިލްމަށް ކުރެވިފައިވާ ބުރަ މަސައްކަތްތައް ބެލުންތެރިންނަށް!

“ދެވި” ފިލްމަށް ކުރެވިފައިވާ ބުރަ މަސައްކަތްތައް ބެލުންތެރިންނަށް!
ފިލްމު "ދެވި"ގެ މަންޒަރެއްގެ ސްކްރީން ޝޮޓެއް

ޔާރާ ޕްރޮޑަކްޝަންސްގެ ފަރާތުން އޮލިމްޕަސް ސިނަމާއަށް ގެނެސްދިނުމަށް ތައްޔާރުވަމުންދާ ބިރުވެރި ފިލްމު “ދެވި” ގެ ފަރުދާގެ ފުރަގަހުގައި ފިލްމު އުފެއްދުމަށް ކުރެވިފައިވާ މަސައްކަތްތައް ބެލުންތެރިންނަށް ދައްކަން ފަށައިފިއެވެ. މި މަސައްކަތްތައް ހާމަކުރަން ފެށީ “ދެވި ބިހައިންޑް ދަ ފިއަރ” ގެ ނަމުގައި ނެރުނު ޚާއްޞަ އެޕިސޯޑެއްގައެވެ.

މި އެޕިސޯޑަކީ ފިލްމުގެ މަސައްކަތް ފެށުމުގެ ގޮތުން ވާންޖެހުނު ތައްޔާރީތަކާއި، މި ފިލްމު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަން ޖެހުނު ބުރަ މަސައްކަތްތަކާއި ކުލަ ޖެއްސުމަށް އެޅި މުހިންމު ފިޔަވަޅުތައް ވަރަށް ފުރިހަމައަށް ފެނިގެންދާ އެޕިސޯޑެކެވެ.

“ދެވި ބިހައިންޑް ދަ ފިއަރ“ގެ ލިންކް ފޭސްބުކުން ވީޑިއޯ ބައްލަވާfacebook.com

މި މަހުގެ 26 ވާ އޮކްޓޯބަރު 2026 ގައި ޕްރީމިއަރ ކުރުމަށް ހަމަޖެހިފައިވާ “ދެވި” އަކީ ރާއްޖޭގެ މިވަގުތު ހުރި އެންމެ މަޤްބޫލު ބަޠަލާ މަރިޔަމް ޢައްޒަ ޕްރޮޑިއުސްކުރާ ފުރަތަމަ ފީޗަރ ފިލްމެވެ. އަދި މިއީ ހުނަރުވެރި ޑައިރެކްޓަރު ޙުސައިން ހާޒިމް (ސޭންޑީ) ޑައިރެކްޓްކުރާ ފުރަތަމަ ފީޗަރ ފިލްމުވެސް މެއެވެ. ބިރުވެރި ތަފާތު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގައި ސޭންޑީގެ އިތުރުން އުއްމީދީ ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ޝަހުދާ މަމްދޫހުގެ ހިއްސާވެސް ބޮޑެވެ.

މި ފިލްމުގެ ލީޑް ރޯލުން މަރިޔަމް ޢައްޒަ، ޝަރަފުއްދީން ޢަބްދުﷲ (ޝަރަފް)ގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވާ ހަމްދާން ސަލީމް (އާންނަ) ފެނިގެންދާނެއެވެ. މީގެއިތުރުން، ދިވެހި ސިނަމާގެ އެންމެ ތަޖުރިބާކާރު އަދި މަޤްބޫލު ތަރިން ކަމަށްވާ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސޭ)، މަރްޙޫމް އަޙުމަދު ނިމާލު، މުޙައްމަދު މަނިކު، އަޙުމަދު ސަޢީދު، ރިޝްމީ ރަމީޒު، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (ޔާރާ އައިންތު) އަދި އަޙުމަދު ޢީސާ ފަދަ މޮޅެތި ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުން “ދެވި” ގެ ޓިކެޓް ވިއްކަމުން އަންނައިރު، ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބުގެ ސަބަބުން ކިއުއަށް ބާރުބޮޑުވެ، އިތުރު ޝޯތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި އޮންލައިންކޮށް 7424544 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ޓިކެޓް ބުކްކޮށް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ މަޢުލޫމާތު ދީފައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top