ލައިފްސްޓައިލް

“މަގޭ ބިޓުގެ ވެޑިންގް” ގެ ވަދާޢީ ޝޯތައް މި މަހުގެ 17، 18 އަދި 19 ގައި

“މަގޭ ބިޓުގެ ވެޑިންގް” ގެ ވަދާޢީ ޝޯތައް މި މަހުގެ 17، 18 އަދި 19 ގައި

ޑާކްރެއިން އެންޓަޓެއިންމެންޓާއި ޓްރޮޕިކަލް އެންޓަޓެއިންމެންޓް ގުޅިގެން އުފައްދައި، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދިވެހި ފިލްމު “މަގޭ ބިޓުގެ ވެޑިންގް” ގެ ވަދާޢީ ޝޯތައް މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހު އޮލިމްޕަހުގައި ދެއްކުމަށް ނިންމައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރީމިއާކުރި މި ފިލްމަކީ މުޙައްމަދު ޢަލީ (މޮގާ) އަދި ޢާއިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށް، ޝަހުދާ މަމްދޫހު ލިޔެ ޑައިރެކްޓްކޮށްފައިވާ ހެއްވާ މަޖާ ލޯބީގެ ފިލްމެކެވެ. ފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން މިހާތަނަށްވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މި ފިލްމުގެ ފަހު ޝޯތައް މި ހަފްތާ ބަންދާ ދިމާކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ ފިލްމު ނުބަލައި ތިބި ފަރާތްތަކަށް އަދި އަލުން ބަލައިލަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ޝަރަފް ޢަބްދުﷲ އާއި ފާޠިމަތު ރާޔާ ފެނިގެންދާއިރު، ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ތަރިން ކަމަށްވާ ޝީލާ ނަޖީބު އަދި އަޙްމަދު ސަޢީދު ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މީގެ އިތުރުން ހާޒިފް މުޙައްމަދު، ޝާފިޢު އިބްރާހީމް (ފުބޫ)، އާމިނަތު ނޫރާ އަދި ޢަބްދުﷲ ޒަލީޝާން ފަދަ ހުނަރުވެރި ތަރިންގެ މޮޅު އެކްޓިންގ މި ފިލްމުން ފެނިގެންދެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ މި ފިލްމު، އަތޮޅުތެރޭގެ ރަށްރަށުގައި އަޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ރަށްރަށުގައި ފިލްމު އެޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި 7971229 ނަންބަރު ފޯނަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދެއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top