ބޭރު ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އެއް މޯލްގެ ތެރޭގައި ހުޅުވި އާ ދާރުލްއާސާރަކުން ކަނޑުމަތީގެ ދިރިއުޅުން ކިޔައިދެނީ

ދުނިޔޭގެ އެންމެ ބޮޑު އެއް މޯލްގެ ތެރޭގައި ހުޅުވި އާ ދާރުލްއާސާރަކުން ކަނޑުމަތީގެ ދިރިއުޅުން ކިޔައިދެނީ

މަނީލާގައި އަލަށް ހުޅުވި” މިއުޒިއަމް ޑެލް ގަލިއޯން “އަށް ވަންނަ މީހުންނަށް ފުރަތަމަވެސް ފެންނަނީ 17 ވަނަ ގަރުނުގެ އުޅަނދެއް ކަމަށްވާ ” ގަލިއޯން އެސްޕިރިޓޫ ސަންތޯ “އިގެ އަސްލާ އެއްވަރުގެ ނަމޫނާއެކެވެ.
މަނީލާއަށް ޒިޔާރަތްކުރާ މީހުންނަށް، ދެކުނު ޗައިނާ ކަނޑުގެ އައްސޭރީގައި އޮންނަ ބޮޑު” މޯލް އޮފް އޭޝިއާ “ގެ ތެރޭގައި އަލަށް ހުޅުވި” މިއުޒިއަމް ޑެލް ގަލިއޯން “މެދުވެރިކޮށް، އެ ޒަމާނުގެ ވިޔަފާރިއާއި، މަނީލާ ގަލިއޯން އުޅަނދުފަހަރާއި، އަދި އޭގައި މަސައްކަތްކުރި ފަޅުވެރިންގެ ދިރިއުޅުން ވަރަށް ގާތުން ތަޖުރިބާކޮށްލެވޭނެއެވެ.
މި ދާރުލްއާސާރަކީ ފިލިޕީންސްގެ އިތުރުން މުޅި ދުނިޔޭގެވެސް އެންމެ ބޮޑު އެއް ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ މަރުކަޒުގެ ތެރެއިން ފެންނަ، ހީނުކުރާ ފަދަ ހިތްފަސޭހަ އަދި އަމާން މާހައުލެކެވެ.
މޯލްގެ މައި އިމާރާތުގައި އެކަނިވެސް 660 އަށްވުރެ ގިނަ ފިހާރައާއި ރެސްޓޯރަންޓް ހުންނައިރު، މިއީ ޒިޔާރަތްކުރާ މީހުން ބޯގޮވާ ފަދަ ބޮޑު ތަނެކެވެ. ނަމަވެސް، މި ހަލަބޮލިކަމުން ސަލާމަތްވެލެވޭނެ މަގެއް އެބައޮތެވެ.
މޯލްގެ މާޗިން ބޭންޑުން ޓޭލާ ސުވިފްޓްގެ ލަވަތައް ކުޅެމުންދާ ހިސާބާ މާ ދުރު ނޫން ތަނެއްގައި ހުރި މި ދާރުލްއާސާރުގެ ފުރަތަމަ ބުރީގެ ދޮރުން އެތެރެއަށް ވަދެލުމުން، ބޭރުގެ އަޑުގަދަ މާހައުލާ ވަކިވެ، ސިކުނޑި އެތައް ގަރުނެއް ފަހަތަށް ދަތުރުކޮށްލާނެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top