ބޭރު ދުނިޔެ

ޝޯން ” ޑިޑީ “ކޯމްބްސް ޖަލުން މިނިވަންވާނެ ތާރީޚު އަނެއްކާވެސް އަވަސްވެއްޖެ

ޝޯން ” ޑިޑީ “ކޯމްބްސް ޖަލުން މިނިވަންވާނެ ތާރީޚު އަނެއްކާވެސް އަވަސްވެއްޖެ

ނިއު ޖާޒީގެ ބާލިންގޓަން ކައުންޓީ: ޝޯން” ޑިޑީ “ކޯމްބްސް ޖަލުން މިނިވަންވާނެ ތާރީޚަށް ފާއިތުވި މަސްތަކުގައި އެކި ފަހަރު މަތިން ބަދަލުތަކެއް އައުމަށްފަހު، އެންމެ ފަހުގެ ނިންމުމާއެކު އޭނާ މިނިވަންވާނެ ތާރީޚަކީ 21 ޖެނުއަރީ 2028 ކަމަށް ކަނޑައަޅައިފިއެވެ.

ކޯމްބްސް މިހާރު ހުކުމް ތަންފީޒު ކުރަމުންދަނީ ނިއު ޖާޒީގެ އެފް.ސީ.އައި ފޯޓް ޑިކްސް ގައެވެ. ފެޑަރަލް ބިއުރޯ އޮފް ޕްރިޒަންސްގެ ރެކޯޑުތަކާ ހަވާލާދީ” ޓީ.އެމް.ޒީ “އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ މިނިވަންވާނީ 21 ޖެނުއަރީ 2028 ގައެވެ. މީގެ ކުރިން” ޕޭޖް ސިކްސް “އިން މިމަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މިނިވަންވާނެ ތާރީޚަކީ 5 ފެބްރުއަރީ 2028 އެވެ.

މީގެ އިތުރުން، މީގެ ކުރިންވެސް ކޯމްބްސްގެ ތާރީޚު 23 ފެބްރުއަރީ 2028 އިން 24 ޖެނުއަރީ 2028 އަށް އަވަސްކުރެވުނެވެ. މި ބަދަލު އައިސްފައިވަނީ މިދިޔަ ޖުލައި މަހު ޖަލުގެ އެހެން ގައިދީއަކާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެން އޭނާ އެކަހެރިކޮށް ބަންދުކޮށްފައި ވަނިކޮށެވެ.

ނަމަވެސް، މިމަހުގެ ކުރީކޮޅު ފެންނަން އޮތް ގޮތުގައި އޭނާ މިނިވަންވާނެ ތާރީޚު ވަނީ 20 ފެބްރުއަރީ 2028 އަށް ލަސްކޮށްފައެވެ. އެންމެ ފުރަތަމަ އޭނާ މިނިވަންވާނެ ކަމަށް ކަނޑައަޅާފައި އޮތީ ޖޫން 2028 ގައެވެ.

” ޓީ.އެމް.ޒީ “އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހޫނު މޫސުމުގައި ކޯމްބްސްއަށް އަމާޒުވި ބަހުގެ ހަމަލާއަކާ ގުޅިގެން އޭނާ ވަނީ އިސްވެ ހަމަނުޖެހުން ހިންގާފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި އެ ހާދިސާގައި ދެ ގައިދީންގެ މެދުގައި ކޮށްޕާ، މާރާމާރީ ހިންގާފައިވެއެވެ.

އެތެރޭގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ޖަލުގެ މުވައްޒަފުން އެ ދެމީހުން ވަކިކުރުމާ ހަމައަށް ކޯމްބްސް ވަނީ އެ ހަމަނުޖެހުމުގައި ރައްދު ދީފައެވެ. މި ހާދިސާއާ ގުޅިގެން އޭނާ އެކަހެރި ބަންދަށް ބަދަލުކުރުމަށްފަހު ފަހުން ދޫކޮށްލާފައިވާ ކަމަށް އޮގަސްޓް މަހު” ޓީ.އެމް.ޒީ “އިން ރިޕޯޓްކޮށްފައިވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top