ބޭރު ދުނިޔެ

އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު އުވާލައި، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް ރާއްޖެއިން ގޮވާލައިފި

އދ. ގެ ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު އުވާލައި، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް ރާއްޖެއިން ގޮވާލައިފި

އދ. ގެ ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލުމަށާއި، އެ ޖަމުޢިއްޔާގެ އެންމެ އިސް މަޤާމު ކަމުގައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އިސްކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ދިވެހިރާއްޖެއިން ބުނެފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ބައިނަލްއަޤްވާމީ ނިޒާމު އިޞްލާޙުކުރުމާއި، ހަމަހަމަކަން ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަކާލާތު ކުރައްވާފައެވެ.

އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ސަލާމަތީ މަޖިލިސް އިޞްލާޙުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިއަދުގެ ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މައްސަލަތަކަށް ޙައްލު ހޯދުމުގައި މާޒީވެފައިވާ ބާވަތުގެ ނިޒާމަކަށް ބަރޯސާވެވެން ނެތް ކަމަށެވެ. އެހެންކަމުން، ސަލާމަތީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތަކުގެ ޢަދަދު އިތުރުކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“މިއަދުގެ ދުނިޔެއަށް މުހިންމު ނިންމުންތައް ނިންމުމުގައި، 1945 ވަނަ އަހަރުގެ ދުނިޔެ ސަލާމަތީ މަޖިލީހުން ރަމްޒުކޮށްދީގެން ނުވާނެ. ދާއިމީ އަދި ދާއިމީ ނޫން މެންބަރުން ހިމެނޭހެން މަޖިލީހުގެ ދައުރު ފުޅާކުރަންޖެހޭ. ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ޚާއްޞަކުރެވެންޖެހޭ. އަދި އެފްރިކާ ބައްރަށް ޒަމާނުއްސުރެ ގެއްލިފައިވާ ޙައްޤު ތަމްސީލުވުން އަނބުރާ ލިބިދީ، ވީޓޯ ކުރުމުގެ ބާރު އުވާލަންޖެހޭ،” ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އދ. ގެ އެންމެ އިސް ލީޑަރޝިޕްގައި އަންހެނުންގެ ޙިއްޞާއާއި ދައުރު ފުރިހަމައަށް އޮތުމުގެ މުހިންމުކަންވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Home
Search
Back to top